ޚަބަރު

މެލޭޝިއާ ޔުނިވަރސިޓީތަކުގެ އެޑިއުކޭޝަން އެކްސްޕޯއެއް އައްޑޫގައި ބާއްވައިފި


ގިނަ ސްކޮލާޝިޕް ފުރުސަތުތަކާއި އެކު މެލޭޝިއާގެ ކިއުސްޓަޑީ އިން އިންޓަނޭޝަނަލް އެޑިއުކޭޝަން އެކްސްޕޯއެއް އައްޑޫސިޓީގައި ބާއްވައިފިއެވެ.

މެލޭޝިއާގެ "ކިއު ސްޓަޑީ" ކުންފުނިން އިންތިޒާމުކޮށްގެން "އިންޓަނޭޝަނަލް އެޑިއުކޭޝަން އެކްސްޕޯ"ގެ ނަމުގައި އައްޑޫގައި ނޫރާނީ ސްކޫލްގައި ބޭއްވި މިއެކްސްޕޯގައި މެލޭޝިއާގެ 7 ޔުނިވަރސިޓީއެއްގެ ކޯސްތަކާ ބެހޭ މަޢުލޫމާތު ޙިއްޞާކޮށްފައިވެއެވެ. މީގެއިތުރުން ކޯސްތަކަށް ވަދެވޭ ތަޢުލީމީ ފެންވަރާއި، އެ ޔުނިވަސިޓީތަކުގައި ކިޔެވުމަށް ޚަރަދުވާނެ މިންވަރު ފަދަ މަޢުލޫމާތު ދަރިވަރުންނާ ވަނީ ހިއްސާކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކިއުސްޓަޑީގެ ރާއްޖޭގެ މެނޭޖިން ޕާރޓްނަރ އަޙްމަދު ޒައިން ނާޒިމް ބުނެފައިވަނީ މިއެކްސްޕޯގައި 200 އެއްހާ ކޯހުގެ މައުލޫމާތު ދީފައިވާކަމަށެވެ. މިއެކްސްޕޯވަނީ އައްޑޫގެ އިތުރުން މާލޭ އަދި ގދ. ތިނަދޫގައިވެސް ބާއްވާފައެވެ.