ކުޅިވަރު

އާސެނަލް ބަލިކޮށް ޔުނައިޓެޑް އަނެއް ބުރަށް


އާސެނަލްގެ ދަނޑުގައި އެ ޓީމު 3-1އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް އިނގިރޭސި އެފްއޭކަޕްގެ ފަސް ވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މުބާރާތުން ކެޓުމުން ސީޒަނުގައި އާސެނަލް އަށް ބާކީ އޮތީ އިނގިރޭސި ޕްރިމިއަރ ލީގާއި ޔޫރޮޕާ ލީގެވެ.

ރޭގެ މެޗުގައި ޔުނައިޓެޑަށް ގޯލު ޖަހައިދިނީ އެލެކްސިސް ސަންޗޭޒް އާއި ހެސޭ ލިންގާޑް އަދި އެންތަނީ މާޝިއަލްއެވެ.
އާސެނަލްގެ ގޯލު ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޖަހައިދިނީ ޕިއޭ އެމްރިކް އައުބަމިޔަންގްއެވެ.
ރޭގެ މެޗުގައި އާސެނަލްގެ ދެ ޑިފެންޑަރުންކަމަށްވާ ކެޕްޓަން ލޯރެންޓް ކޮޝިއެލްނީ އަދި ސޮކްރާޓިސްއަށް އަނިޔާވެގެންވަނީ ބަދަލުކޮށްފައެވެ. މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު ޝޮލްޝަޔާ ބުނީ ކައުންޓަރ އެޓޭކުގައި އެޓީމް ފެނުނީ ވަރަށް ނުރައްކާތެރިކޮށްކަމަށާއި، އޭނާ ބޭނުންވާ ސްޓައިލަށް ޓީމް ވަރަށް ބޮޑަށް ހޭނިއްޖެކަމަށެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ އޮލާ ގަނާ ސޮލްޝަޔާ ހަވާލުވި ފަހުން އެޓީމް ކުޅުނު އަށް މެޗުންވެސް ޔުނައިޓެޑްވަނީ މޮޅުވެފައެވެ. އޭނާ ކޯޗުކަމާ ހަވާލުވީ މި މަހުގެ ކުރީކޮޅު ހޯސޭ މޮރީނިއޯ މަގާމުން ވަކިކުރުމުންނެވެ.