ޚަބަރު

ރާއްޖޭގައި އިސްލާމް ދީން ދެމެހެއްޓުމަށް އަދާކުރަންޖެހޭ ޒިންމާއާ ގުޅޭ ޚާއްޞަ ދަރުހެއް މިރޭ އޮންނާނެ


ރާއްޖޭގައި އިސްލާމް ދީން ދެމެހެއްޓުމުގައި ދިވެހިން އަދާކުރަންޖެހޭ ޒިންމާއާ ގުޅޭގޮތުން ދެއްވާ ޚާއްޞަ ދަރުހެއް މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ބާއްވާ މި ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ދަރުސް ދެއްވާނީ އައްޝައިޙް އިލްޔާސް ޖަމާލް ކަމަށެވެ.

ރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ޚާއްޞަ ދަރުހެއް ދިނުމަށް ނިންމާފައި މިވަނީ، ދިވެހި މުޖުތަމަޢުގައި އިސްލާމް ދީނާ ދެކޮޅު ބައެއް ވާހަކަތައް ފެތުރެމުންދާ ދުވަސްވަރެއްގައިކަން ފާހަގަކޮށްލެވެ. އެގޮތުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިސްލާމް ދީނާ ބެހޭގޮތުން ދެކެވެމުންދާ އެކި ވާހަކަތަކާ ގުޅިގެން، ސަރުކާރުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ކުރިއަށްނެރެ، އިސްލާމް ދީނާ ދެކޮޅު ވާހަކަތައް ނުފެތުރުމަށް ސަރުކާރުން ވަނީ ދިވެހި ރައްޔިތުންނަށްވެސް އިލްތިމާސް ކުރައްވާފައެވެ.