ވިޔަފާރި

ޖީއެސްޓީގެ ގޮތުގައި 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް ހުކުމްކޮށްފި


މ ގްރީންސައިޑް މުޙައްމަދު ވަޙީދު، ޖީއެސްޓީގެ ގޮތުގައި ދައުލަތަށް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ސިވިލްކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، މ ގްރީންސައިޑް މުޙައްމަދު ވަޙީދު ކަނޑައެޅިފައިވާ ތާރީހުގައި ޖީއެސްޓީގެ ދައްކާފައިނުވާތީ، ޖީއެސްޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި 2،549،317 (ދެ މިލިއަން ފަސްލައްކަ ސާޅީސް ނުވަހާސް ތިންސަތޭކަ ސަތާރަ ރުފިޔާ) 9 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށެވެ.
ސިވިލްކޯޓުން މި ހުކުމްކޮށްފައިވަނީ، މ ގްރީންސައިޑް މުޙައްމަދު ވަޙީދުގެ ޢައިރު ހާޒިރުގައެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގެންދަނީ ދައުލަތައް ލިބެންޖެހޭ ފައިސާ ހޯދުމަށް ކޯޓު މެދުވެރިކޮށްވެސް މަސައްކަތްކުރަމުންނެވެ. މިގޮތުން ދައުލަތައް ޓެކްސް ނުދައްކައިގެން މިދިޔަ އަހަރުވެސް ގިނަ ފަރާތްތަކެއްގެ މައްސަލަތައް ސިވިލްކޯޓަށް ހުށަހަޅާފައިވާކަމަށް މީރާއިން ބުނެއެވެ. މީގެ ތެރެއިން ގިނަ މައްސަލަތައް މީރާއިން ވަނީ ކާމިޔާބުކޮށްފައެވެ.