ކުޅިވަރު

ސެމީ ކެދީރާއަކީ ޔުވެންޓަސް އަށް ލިބުނު އާ ކުޅުންތެރިއެއް - އަލެގްރީ


ސެމީ ކެދީރާއަކީ ޖެނުއަރީ ޓްރާންސްފަރ ޕީރިއަޑްގެ ތެރޭގައި ޓީމަށް ލިބުނު އާ ކުޅުންތެރިއެއްގެ ގޮތުގައި ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ސިފަކޮށްފި އެވެ.

ޔުވެންޓަސްގެ ކޯޗު އެލެގްރީ ބުނީ ޓީމަށް އާމޫނުތަކެއް ގުޅުމުގެ ފުރުސަތު ވަރަށް ކުޑަކަމަށެވެ. އެހެންނަމަވެސް ކެދީރާ އެންޖެރީއިން ރަނގަޅުވެ ކުޅެން ފެށުމަކީ އާކުޅުންތެރިއެއް ޓީމާ ގުޅުން ފަދަ ކަމެއް ކަމަށް އެލެގްރީ ބުންޏެވެ.

އިޓަލިއަން ލީގުގައި މިރޭ ޗިއޭވޯ އާއި ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އެލެގްރީ ބުނީ ޖެނުއަރީއަކީ ކުޅުންތެރިން ގަތުމަށް ވަރަށް އުނދަގޫ ޓްރާންސްފަރ ޕީރިއަޑެއް ކަމަށެވެ.

އެހެންނަމަވެސް އިތުރު ޑިފެންޑަރެއް ހޯދުމުގެ މަސައްކަތް ކްލަބުން ކުރަމުންދާ ކަމަށްވެސް އެލެގްރީ ބުންޏެވެ. އެއީ ޔުވެންޓަސްގެ ޒުވާން ފުލްބެކް ސްޕިންއަޒޯލާއަށް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ލޯނު އެއްބަސްވުމެއްގެ ދަށުން އެހެން ކްލަބަކާ ގުޅުމުގެ ފުރުސަތު ދިނުމަށެވެ.

އެލްގްރީ ބުނީ ސްޕިންއަޒޯލާ ލޯންއެއްބަސްވުމެއްގެ ދަށުން އެހެން ކްލަބަކާއި ގުޅޭނެ ކަމަށެވެ. އެހެންނަމަވެސް އެއީ އޭގެ ކުރިން ކްލަބަށް އިތުރު ޑިފެންޑަރެއް ހޯދިއްޖެނަމަ ކަމަށެވެ.

ޔުވެންޓަސްއިން މަސައްކަތް ކުރަމުންދަނީ މެންޗެސްޓަރ ޔުނައިޓެޑްގެ އިޓަލީ ޑިފެންޑަރު ޑާމިއަން ލޯން އެއްބަސްވުމެއްގެ ދަށުން ހަމަހަށް ގެނައުމަށެވެ.