ވިޔަފާރި

މަޓީގެ 29 ވަނަ އަހަރީ އާންމު ޖަލްސާ މާދަމާ ކުރުނބާ ރިސޯޓުގައި


ރިސޯޓްތައް ތަމްސީލްކުރާ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ 29 ވަނަ އަހަރީ އާންމު ޖަލްސާ މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

މަޓީގެ މިއަހަރުގެ ޖަލްސާ މާދަމާ ހެނދުނު ކުރުނބާ ރިސޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ޖަލްސާގެ ތެރެއިން މަޓީގެ ބޯޑަށް މެމްބަރުން އައްޔަންކުރެވިގެންދާނެއެވެ
މަޓީގެ ބޯޑު މެމްބަރުކަމަށް ކޮންމެ ދައުރަކު 15 ބޭފުޅުން އައްޔަންކުރާއިރު މިހާރު އެ ޖަމުޢިއްޔާގެ ޗެއާރމަނަކީ މިދިޔަ ފަސް އަހަރުވެސް އެޖަމުޢިއްޔާގެ ޗެއަރމަންކަން ކުރެއްވި ޔުނިވާރސަލް އެންޓަރޕްރައިސެސްގެ ޗެއާރމަން މުހައްމަދު އުމަރު މަނިކެވެ.

މަޓީގެ އަހަރީ އާންމު ޖަލްސާއަކީ އެޖަމިއްޔާގެ ކުރިއަށް އޮތް ދައުރުގެ ބޯޑް މެމްބަރުން އިންތިޚާބުކުރުމާއި އެޖަމުއިއްޔާގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މެމްބަރުންނާއި މަޝްވަރާކޮށް މަޢުލޫމާތު ހިއްސާކުރުމަށް ބާއްވާ ޖަލްސާއެކެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި މަދު ވިޔަފާރިވެރިންގެ މަސައްކަތާއިއެކު 1982 ވަނަ އަހަރު ވުޖޫދަށް ގެނައި ޖަމިއްޔާއެކެވެ

ފާއިތުވި އަހަރުތަކުގައި މަޓީގެ މަސައްކަތާއެކު ރިސޯޓުތައް ތަރައްޤީވެ ރިސޯޓު ވިޔަފާރި ފުޅާކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.