މާލޭގެ އަރޓިފިޝަލް ބީޗު ސަރަޙައްދުގައި ފޮރުވާފައިހުރި ތޫނު އެއްޗެހިތަކެއް ފުލުހުން މިއަދު ހޯދައިފިއެވެ.
ފުލުހުން ބުނީ އެ ތަކެތި ހޯދާފައިވަނީ ކުރިން ޑައިންމޯ ހުރި ސަރަހައްދުން ކަމަށެވެ. އަދި އެ ތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.