ވިޔަފާރި

ސެންތްރޯ މޯލް" އަދި "ރެނާޓަސް އިތާމުތް" ފަދަ އިމާރަތްތަކުގައި ވިޔަފާރިކުރުމަށް ތަންތަން ކުއްޔަށް ދޭނީ


ހުޅުމާލޭ ސެންތްރޯ މޯލް" އަދި "ރެނާޓަސް އިތާމުތް" ފަދަ އިމާރަތްތަކުގައި ވިޔަފާރިކުރުމަށް ތަންތަން ކުއްޔަށް ދިނުމަށް އެޗްޑީސީން ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ކޮށްފައިވާ އިޢުލާނުގައި ކުއްޔަށްދިނުމަށް ޖުމްލަ 22 ތަނެއް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ "ސެންތްރޯ މޯލް" އިން އެއް ތަން، "ރެނާޓަސް އިތާމުތް" އިން 4 ތަން، ކޮމާޝަލް ބްލޮކުން 3 ތަން، އަމީން އެވެނިއުއިން 9 ތަން، ވެއަހައުސް ޝެލް-1 އިން 4 ތަނެއް އަދި ގަރާޖް ޔުނިޓުން އެއްތަނެވެ.

މި އިމާރަތްތަކުން ތަންތަން ދޫކުރުމަށް ހަމަޖެހިފައިވާ ބޭނުންތަކުގެތެރޭގައި، ހެދުން ފަދަ ތަކެތި ވިއްކާ ފިހާރަ ހިންގުމާއި ފިހާރައެއް ނުވަތަ އޮފީހެއް ހިންގުން ހިމެނެއެވެ.

މީގެތެރެއިން "ސެންތްރޯ މޯލް"އިން ކުއްޔަށް ދޫކުރާ ތަނާއި ވެއަހައުސް ޝެލް-1 އަދި ގަރާޖް ޔުނިޓުން ކުއްޔަށްދޭން ހަމަޖެފައިވަނީ 5 އަހަރުދުވަހުގެ މުއްދަތަކަށެވެ. އިޢުލާނުގައި ދެން ހިމެނޭ ހުރިހާ ތަނެއްވެސް ކުއްޔަށްދޭން ހަމަޖެހިފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ.