ޚަބަރު

ފުވައްމުލައް ކްރިކެޓް އެކަޑަމީ އިން އާ ކުދިން ހޮވަނީ!


އާ އަހަރާ ދިމާކޮއް ފުވައްމުލައް ކްރިކެޓް އެކަޑަމީގައި ކްރިކެޓް ކުޅުމަށް ޝައުގު ހުރި ކުދިންނަށް ފުރުސަތު ހުޅުވާލައިފި. ކްރިކެޓް ކުޅުމަށް ޝައުގު ހުރި ކުދިންނަށް ފުރުސަތު ހުޅުވާލުމަށް މިއަދު ޖޫނިޔާ ކްރިކެޓް ނިއު ޕްލޭޔާ ރެކްރޫޓް މެންޓްގެ ނަމުގައި ވަރަށް ހާއްސަ އިވެންޓެއް ކުރިޔަށް ގެންދިއުމަށް ނިމްމާފައެވެ.

ކްރިކެޓް އެސޯސިއޭޝަންގެ ޖެނެރަލް މެނޭޖާރ ލިއަމް މެކަމްސްކީ ޕީއެސް އެމް އަށް މައުލޫމާތު ދިންގޮތުގައި މިއީ ކްރިކެޓް ކުޅުމަށް ލޯބި ކުރާ ކުދިންނާއި ކްރިކެޓް ކުޅުމަށް ޝައުގު ހުންނަ ކުދިންނަށް، އެކުދިން ބޭނުންވާ އަމާޒަށް ވާސިލް ވުމަަށް ލިބިގެން ދާ ރަނުގެ ފުރުސަތެއް ކަމަށެވެ.

މިއަދު ކުރިޔަށް ދާ މި އިވެންޓް ކުރިޔަށް ދާނީ ހެދުނު 8:00 ކުން ފެށިގެން 11:00 އާހަމަޔަށެވެ. އެޔަށް ފަހު މެންދުރު ފަހުގެ 1:45 ފެށިގެން 5:45 ވަންދެން މި ޖޫނިޔާ ކްރިކެޓް ނިއު ޕްލޭޔާ ރެކްރޫޓް މެންޓް ކުރިޔަށް ދާނެއެވެ.