ޚަބަރު

މިހާރު ތިއްބެވި 4 މެމްބަރަކަށް ޓިކެޓް ނުލިބުނު


ރައްޔިތުން މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ ފަސް މެމްބަރަކަށް އަންނަ މަޖިލިސް އިންތިޙާބަށް އެޕާޓީގެ ޓިކެޓް ނުލިބި ޕްރައިމެރީން ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެއެވެ.

އިއްޔެ ބޭއްވި ވާދަވެރި ޕްރައިމެރީގައި ރައްޔިތުން މަޖލީހުގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން ނާކާމިޔާބީ އާއި ކުރިމަތިލާންޖެހިވަޑައިގަތީ ހެންވޭރު ދެކުނު ދައިރާ މިހާރު ތަމުސީލުކުރައްވަމުން ގެންދަވާ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުއެވެ. މީގެއިތުރުން ދާދި ފަހުން އެމްޑީޕީ އާއި ގުޅި ޕްރައިމެރީގައި ވާދަކުރި އިހަވަންދޫ ދައިރާގެ މެމްބަރުން މުހައްމަދު އަބްދުﷲ (މުހައްމާ) ވެސް ވަނީ ޕްރައިމެރީގައި ނާކާމިޔާބީ އާއި ކުރިމަތިލާންޖެހިފައެވެ.


ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ މުހައްމަދު އަބްދުލްކަރީމް (ރުކުމާ)ގެ ބަލިކުރައްވާ އެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) އެވެ. ހިތަދޫ މެދު ދާއިރާގެ ގެ ގޮނޑި ފުރުއްވަމުން ގެންދަވާ ކުރީގެ ބްރިގޭޑިއަރ ޖެނަރަލްގެ އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ކުރި ހޯއްދަވާ ޓިކެޓް ކަށަވަރުކުރީ ހިޔަލީ މުހައްމަދު ރަޝީދުގެ ކޮއްކޮ އަހުމަދު ރަޝީދު އެވެ.

ވައިކަރަދޫ ދައިރާގެ މެމްބަރުން މުހައްމަދު ނާޒިމް ބަލިކޮށް އެ ދާއިރާގެ ޓިކެޓް ކަށަވަރުކުރީ ހުސެއިން ޒިޔާދު (ފިއްޓެ) އެވެ. ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ބަލި ކުރައްވާ އެދާއިރާގެ ޓިކެޓް ކަށަވަރުކުރީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސް އަދި ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑާއިގަންނަވާ މަޝްހޫރު ޤާނޫނީ ވަކީލް ހިސާން ހުސެއިންގެ ފިރިކަލުން އިބްރާހިމް ނާޒިލްއެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބަށް ޕްރައިމެރީއަކާއި ނުލާ 10 ފަރާތްކަށް އެމްޑީޕީގެ ޓިކެޓްވަނީ ލިބިފައެވެ. އޭގެތެރޭގައި މިހާރުވެސް ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވި އަލިފުށީ ދައިރާގެ މެމްބަރު މުހައްމަދު ރަޝީދާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ކުރިން އިހަވަންދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަހްމަދު އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވައެވެ.

އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޙާބް އޭޕްރިލް މަހުގެ 6 ވަނަދުވަހު ބޭއްވުމަށް އިލެކްޝަނުން ނިންމާފައިވާއިރު އިންތިޙާބަށް ކުރިމަތިލުމުގެ ފުުސަތު މިމަހުގެ 28ވަނަ ދުވަހުގެރޭ ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.