ޚަބަރު

ޓެކްސް ނިޒާމް ހަރުދަނާކުރުމަށް ކޮމިޓީއެއް އެކުލަވާލައިފި


ރާއްޖޭގެ ޓެކްސް ނިޒާމުގައި ހުރި މައްސަލަތައް ދެނަގަނެ، ޓެކްސް ނިޒާމް ހަރުދަނާކުރުމަށް އިކޮނޮމިކް މިނިސްޓަރ ޚާއްސަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވީ މިކޮމިޓީގެ މަޤްޞަދަކީ ޓެކްސްއާ ގުޅޭ ޤާނޫނުތައް ތަންފީޒުކުރުމުގައި ހުރި މައްސަލަތައް ދެނަގަތުންކަމަށެވެ. އަދިި ޓެކްސްއާ ގުޅޭ ޤާނޫނުތަކަށް ކޮންމެހެން ގެންނަންޖެހޭ އިސްލާހުތައް މިކޮމިޓީން ފާހަގަކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. މިކޮމިޓީގައި ސަރުކާރުގެ އޮފިޝަލުންގެ އިތުރުން، ޕްރައިވެޓް އޮޑިޓަރުންނާއި ޤާނޫނީ ވަކީލުން ހިމެނިވަޑައިގަންނަވާނޭކަމަށްވެސް ފައްޔާޟު ވިދާޅުވިއެވެ.

ސަރުކާރުން ބޭނުންވަނީ ހަރުދަނާ އިންސާފުވެރި ޓެކްސް ނިޒާމެއް ޤާއިމްކުރުންކަމަށްވެސް ފައްޔާޟު ފާހަގަކުރެއްވިއެވެ.

ޓެކްސް ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށާފައިވާއިރު، މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ކެމްޕެއިންގައި ވަރަށް ބޮޑަށް ބާރު އެޅިކަމެކެވެ.