ޚަބަރު

އެޗްޕީއޭއާއި އެމްއެފްޑީއޭއަށް ވެރިން އައްޔަންކޮށްފި


ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ވެރިން އައްޔަންކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ އެމްއެފްޑީއޭގެ އިސްވެރިއަކަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް ޢަބްދުﷲ މާހިރު، އަދި އެޗްޕީއޭގެ އިސް ވެރިޔަކަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހެއިރު އައްޔަންކޮށްފައިވާކަމަށެވެ. އެޗްޕީއޭއާއި، އެމްއެފްޑީއޭއަށް ވެރިން އައްޔަން ކޮށްފައިވަނީ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީނެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ހިންގަނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ.