ވިޔަފާރި

ގޭމެއް ކުޅެގެން އުރީދޫއިން 2 ލައްކަ ރުފިޔާގެ އަގުހުރި އިނާމެއް


ދެ ލައްކަ ރުފިޔާގެ އަގުހުރި އިނާމާއި އެކު، އުރީދޫއިން ""ގެސް ދަ ވަރލްޑް" ނަމުގައި އެސް.އެމް.އެސް މުބާރާތެއް ފަށައިފިއެވެ.
މަގްބޫލު ގޭމް ކަމަށްވާ "ހޭންގް މޭން" އަށް ބިނާކޮށް، "ގެސް ދަ ވަރލްޑް" ގެ ނަމުގައި އެސް.އެމް.އެސް މެދުވެރިކޮށް ކުޅޭ މި ގޭމުން އެންމެ މޮޅު ސްކޯ ހޯދާ ބައިވެރިންނަށް އުރީދޫ އިން ވަނީ ޑޭޓާ ޕެކޭޖް، ސްމާޓް ފޯނު އަދި މެކްބުކް އެއާ ހިމެނޭ، ދެ ލައްކަ ރުފިޔާގެ އަގުހުރި އިނާމު ހުށައަޅާފައެވެ.
"ގެސް ދަ ވާރލްޑް" ގައި ކުޅުންތެރިންގެ އަމާޒަކަށްވާނީ ތަފާތު އެކި ލަފްޒުތައް ދިމާކޮށް، ފަސް ލެވެލް އަކަށް ބެހިފައިވާ މި ގޭމުން އެންމެ ގިނަ ޕޮއިންޓް ހޯދުން ކަމަށާއި މަތީ ލެވަލްތަކުގެ ލަފްޒުތައް އުނދަގޫވެފައި، ލިބޭ ޕޮއިންޓުތައް އިތުރުވެގެން ދާނެކަމަށް އުރީދޫން ބުނެއެވެ.
މި މުބާރާތް ކުރިއަށްދާނީ 10 ޖެނުއަރީން ފެށިގެން އޭޕްރިލްމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. “GO” ޖެއްސެވުމަށް ފަހު 4646 އަށް އެސް.އެމް.އެސް ކުރުމުން މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށްވެސް އުރީދޫން ބުނެއެވެ.