ޚަބަރު

ހުޅުމާލޭ އާބާދީއަށް ބަލާ އިތުރު ސްކޫލެއް އަޅާނަން - ނާއިބް ރައީސް

އިތުރުވަމުން އަންނަ އާބާދީއަށް ބަލާ ހުޅުމާލޭގައި އިތުރު ސްކޫލުތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ ތަޢުލީމީ ނިޒާމު ކުރިއަރުވައި، ތަޢުލީމީ ޖީލެއް ބިނާކުރުމަށްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ މިއަދު ހުޅުމާލޭގައި އަލަށް އިމާރާތްކުރަމުންދާ ހުރަވީ ސްކޫލަށް ޒިޔާރަތްކުރައްވާ އެތަނުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ .ޢާއިޝަތު އަލީވެސް ބައިވެރިވެޑައިގެންނެވިއެވެ.

ހުރަވީ ސްކޫލަށް ކުރެއްވި ޒިޔާރަތަށްފަހު ޕީއެސް ނިއުސްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ހުޅުމާލޭގެ އަބާދީ އަހަރުން އަހަރަށް އިތުވަމުން އަންނަކަމަށެވެ. އަދި ހުޅުމާލޭގެ އަބާދީ އިތުރުވަމުން އަންނަ މިންވަރަށް ބަލާ ހުޅުމާލޭގައި އިތުރު ސްކޫލަތައް އެޅުމަށް ސަރުކާރުން ޕްލޭނެއް އެކުލަވާލައްވަމުން ގެންދަވާކަމަށެވެ. ރާއްޖޭގެ ތައުލީމީ ނިޒާމަށް އަލި އަޅުއްވާލައްވާ ވާހަކަދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުން ސްކޫލަތަކުގެ ޖާގައިގެ ދަތިކަމާއި ވަސީލަތްތައް ހަމަނުވުމުގެ ޝަކުވާތައް ލިބެމުންދާކަމަށެވެ. އަދި އެކަންކަން ޙައްލުކުރެއްވުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ފައްޓަވާފައިވާކަން ނާއިބު ރައީސް ފާހަގަކުރެއްވިއެވެ.

" ސަރުކާރުން މިދަނީ މި ޝަކުވާތަކަށްބަލައި، ވަގުތުން ވަގުތައް ފިޔަވަޅު އެޅެންހުރި ކަންކަމަށް ފިޔަވަޅު އަޅަމުން. ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ދިގުމުއްދަތުގެ ތަސައްވުރުތައްވެސް އެބަހުރި. މިއަހަރުވެސް ގިނަ ރަށްތަކުގައި ސްކޫލް އަޅާނަން. ކްލާސްރޫމްއިތުރުކުރުމާއި، ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތްވެސް އެބަކުރިއަށްދޭ." ނާއިބު ރައީސް ފައިސަލް ނަސީމު ވިދާޅުވިއެވެ.

ހުޅުމާލޭ ނޭބަރހުޑް އެކެއްގައި ތަރައްޤީކުރާ "ހުރަވީ ސްކޫލް" އަކީ 1400 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. ސްކޫލްގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނައިރު މިހާތަނަށް 750 ކުދިން ވަނީ ސްކޫލަށް ވަނުމަށް ރަޖިސްޓްރީ ކޮށްފައެވެ. ހުރަވީ ސްކޫލްގައި 50 ކްލާސްރޫމް ހުރެއެވެ.

ހުރަވީ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވިދާޅުވީ މިހާރު ކުރިއަށްދަނީ އިމާރާތުގެ އެންމެ ފަހުގެ މަސައްކަތްތަައްކަމަށާއި، އަންނަ އާދިއްތަ ދުވަހު ދިރާސީ އާ އަހަރުން ފެށެންވާއިރަށްކިޔެވުމަށް ބޭނުންވާ ހުރިހަ އިންތިޒާމްތައް ހަމަޖައްސާ ނިމޭނެކަމަށްވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

" ކުދިން އެންރޯލްކުރުން އަބަދުވެސް ކުރިއަށްދާނެ. މިއަހަރު ކިޔެވުން ފަށާނީ އެލްކޭޖީއިން ފެށިގެން ގްރޭޑް ނުވައަކާއި ހަމައަށް. އަންނަ ފެބްރުއަރީގައި އޭލެވެލްއަށް ވަނުމުގެ ފުރުސަތު ހުޅުވާލާނަން." އަބްދުﷲ ރަޝިދު ވިދާޅުވިއެވެ.

ހުރަވީ ސްކޫލަކީ ހުޅުމާލޭގައި މިވަގުތު ހުރި އެންމެ ބޮޑު ސްކޫލެވެ. ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްޤީކުރާ ހުރަވީ ސްކޫލަކީ 7 ބުރީގެ އިމާރާތެކެވެ. މި ސްކޫލްގައި ވޮކޭޝަނަލް ކްލާސްތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެެވެ. ސްކޫލް ފަރުމާކޮށްފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސްކޫލްގެ މަތީ ފަންގިފިލާތަކަށް ފަސޭހަކަމާއިއެކު އެރޭގޮތަށެވެ.