ޚަބަރު

ޕަބްލިކް ވަރކްސް އުވާލައި މަސައްކަތްތައް ޕްލޭނިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި


ޕަބްލިކް ވަރކްސް ސަރވިސްއާއި، ޑިޕާރޓްމަންޓް އޮޕް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް އުވާލައި، އެދެ އިދާރާއިން ކުރަމުން އައި މަސައްކަތްތައް މިނިިސްޓްރީ އޮޕް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީދާ ބެލުމުގެ ދަށުން ކުރާގޮތަށް ބަދަލުގެނެސްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިގޮތަށް ނިންމަވާފައިވަނީ މި ޖެނުއަރީ މަހުގެ ދެވަނަ ދުވަހުކަމަށެވެ. އަދި އެދުވަހުން ފެށިގެން ޕަބްލިކް ވަރކްސް ސަރވިސްއާއި، ޑިޕާރޓްމަންޓް އޮޕް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް އުވާލައި، ދެ އިދާރާގެ މަސައްކަތްތައް މިނިިސްޓްރީ އޮޕް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާގެ ދަަށަށް ބަދަލުކޮށްފައިވާކަމަށެވެ.

މީގެކުރިން ޕަބްލިކް ވަރކްސް ސަރވިސްއާއި، ޑިޕަރޓްމަންޓް އޮޕް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް އަކީ ޕްލޭނިންގ މިނިސްޓްރީގެ ދަށުން ވަކި ދެ ޑިޕަރޓްމަންޓްގެ ގޮތުގައި މަސައްކަތްކުރަމުން އައި ދެތަނެވެ.

ޕަބްލިކް ވަރކްސް ސަރވިސްއަކީ ކުރީގެ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނެވެ. މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯރޕަރޭޝަން ވަކި ކުންފުންޏެއްގެ ގޮތުގައި އޮއްވައި ޕަބްލިކް ވަރކްސްއަށް ބަދަލުކޮށް، ހައުސިން މިނިސްޓްރީގެ ދަށަށް އެ ކޯޕަރޭޝަން ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗްމަހުގެ ތެރޭގައިއެވެ. މި ބަދަލާއެކު އެކޯޕަރޭޝަނުން ކުރަމުން އައި މަސައްކަތްތަކާއި، ކޯޕަރޭޝަންގެ މުވައްޒަފުންވަނީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.