ޚަބަރު

ޕީއެސްއެމްގެ ޗެއަރއަކަށް ހިލްމީ ބޯޑު މެމްބަރަކަށް މަރީ


ޕީއެސްއެމްގެ ބޯޑުގެ ޗެއަރމަނަކަށް ތ. ވިލިފުށި ހުސްނުހީނާގޭ އިބްރާހީމް ހިލްމީ އަންޔަންކުރައްވައިފިއެވެ. އިބްރާހިމް ހިލްމީއަކީ ޕީއެސްއެމްގެ ފުރަތަމަ ބޯޑުގައި ހިމެނިވަޑައިގެން އޭރުގެ ބޯޑުގެ ވައިސް ޗެއަރމަންއެވެ.

ޕީއެސްއެމްގެ ބޯޑަށް ހިލްމީގެ އިތުރުން މިއަދު ވަނީ އިތުރު މެމްބަރެއްވެސް އައްޔަންކުރައްވާފައެވެ. ބޯޑަށް ދެން އައްޔަންކުރައްވާފައިވަނީ ގ. ހިލްމަން މަރިޔަމް ވަހީދާއެވެ. މަރިޔަމް ވަހީދާ ވަނީ ޕީއެސްއެމްގެ ކުރިން ދިވެހިރާއްޖޭގެ އަޑާއި ޓެލްވިޒަން މޯލްޑިވްސް ހިންގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން ( އެމްއެންބީސީގެ ) ބޯޑު މެމްބަރުކަންވެސް ކުރައްވާފައިވެއެވެ. އަދި އޭގެ ފަހުން ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމަށްވެސް މަރިޔަމް ވަހީދާވަނީ ކުރިމަތި ލައްވާފައެވެ. އަދި އެ މަޤާމަށް އެންމެ މަތިން މަޖިލީހުން މާކްސް ދިންނަމަވެސް އެމްބީސީގެ ބޯޑު މެމްބަރުކަމަށް އެނާގެ ނަން މަޖީލިހުން ފާހެއް ނުކުރެއެވެ.

ޕީއެސްއެމްގެ ބޯޑަށް ގެނައި ބަދަލުތަކާއި ބޯޑްގައި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ޗެއަރމަން އިބްރާހިމް ހިލްމީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ހާލިދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަމީމް އަދި ބޯޑް މެމްބަރު މަރިޔަމް ވަހީދާއެވެ.