ޚަބަރު

އަދީބުގެ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފި


ތެއްތިރީސް އަހަރުގެ ޖަލުޙުމެއް ތަންފީޒުކުރަމުންދާ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، އަދީބު މާލެގެނެސް އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ދިންނަމަވެސް އެމަނިކުފާނުގެ ޙާލު ސީއަސްއެއް ނޫންކަމަށެވެ.

އަޙްމަދު އަދީބުގެ ސިއްޙީ ޙާލުހުރިގޮތުން ގޭ ބަންދަށް ބަދަލުކުރުމަށްފަހު އަނބުރައި ޖަލަށް ގެންގޮސްފައިވަނީ މިމަހުގެ 2ވަނަ ދުވަހުގެރެއެވެ.