ކުޅިވަރު

ސްޕެއިނުގެ ޓީއެންޖީއެސްއިން އައްޑޫގައި ފުޓްބޯޅަ ތަމްރީނެއެއް ފަށައިފި


ސްޕެއިނުގެ މަޝްހޫރު ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީއެސް) އިން އައްޑޫ ސިޓީގައި ފުޓްބޯޅަ ޓްރެއިނިން ކޭމްޕެއް އެއް ފަށައިފިއެވެ.

6 ދުވަހުގެ މުއްދަތަކަށް ބާއްވާ މި ކޭމްޕުގައި ކުޅުންތެރިންގެ އިތުރުން ކޯޗުންނަށް ވެސް ތަމްރީންދެވިގެންދާނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މި ކޭމްޕް ހިންގެވުމާ ހަވާލުވެ ހުރި މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބްގެ އިރުޝާރުދިން ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މި ކޭމްޕުގެ މައިގަނޑު އެއް މަގްޞަދަކީީ އައްޑޫގައި ތިބި ޒުވާން ހުނަރުވެރި ކުދިންނަށް ފުރުސަތުދީ ކުޅިވަރުގެ ރޮނގުން ކުރިއަށް ދިޔުމަށްޓަކައި އެކުޅުންތެރިންނަށް ބޭނުންވާ ތަމްރީނުތަށް ހޯދައިދިނުންކަމަށެވެ.

"އައްޑޫ އަކީ އެންމެ ކުރީންސުރެންވެސް ފުޓުބޯޅައިގެ އަތޮޅެއްގެ ގޮތުގައި ފާހަނގަ ކުރެވިގެން އަންނަ އަތޮޅެއް. ދެން މަޑުމަޑުން ނެތިގެންދާ ކަހަލަ މަންޒަރުތަކެއް ފެންނާތީވެ ހިތަށް އެރީ މިކޮޅުގަ ކޭންޕްއެއް ފައްޓާނީކަމަށް. އަނެއްކޮޅުން ބިން އޮތީމަ ބިމުގެ ފަސޭހަކަންވެސް އޮވެފަ، ހުރިހާ ގޮތަކަށް ބަލާއިރުވެސް މިކަން ކުރަން އެންމެ ފަސޭހަ އެއްތަނަކަށް ވެފަ، އައްޑޫގައި ތިބި ޒުވާން ހުނަރުވެރި ކުދިންނަށް ފުރުސަތުދީ ކުޅިވަރުގެ ރޮނގުން ކުރިއަށް ދިޔުމަށްޓަކައި ލިބެންބޭނުންވާ ތަމްރީނުތަށް މަގުފަހިކޮށްދިނުންކަމަށް." މުހައްމަދު ނިޒާމް ބުންޏެވެ.

އަދި މިކޭމްޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ އުމުރުފުރައަށް ބަހާލެވިގެންނެވެ. އެއީ 14-16 އަހަރުން ދަށުގެ އުމުރުފުރައާއި 16-18 އަހަރުން ދަށުގެ އުމުރުފުރައެވެ. މި ކޭމްޕްގައި 56 ކުޅުންތެރިންނާއި 15 ކޯޗުން ތަމްރީންވެގެން ދާނެކަމަށް ނިޒާމް ބުނެފިއެވެ.

މި ކޭމްޕުގައި އެންމެ ބޮޑަށް ދަސްކޮށްދެވިގެންދާނީ ސްޕޭންގެ ކުލަބްތަކުގައި ކުޅުންތެރިން ތަމްރީން ކުރަމުންދާގޮތަށް. އެއީ ބޯޅަ ގެންގުޅޭ ގޮތާއި އޭޓޭކް، ޑިފެންސް އަދި ބޯޅަ ކޮންޓްރޯލްއިންކަމަށް ނިމާޒް ބުންޏެވެ. އަދި މީގެ އިތުރުން ދަނޑުމަތީގައި ކުޅުންތެރިން ވިސްނުންތެރިން ބަހައްޓަން ވޯގޮތާއި ދަނޑުތަތީގައި ނިންމަން ޖެހޭ ނިންމުން ތަކުގެ މައްޗަށްކަމަށް ޓީއެންޖީއެސް އެކެޑަމީގެ ޓްރެއިނަރުން ބުނެއެވެ. އަދި މި ތަމްރީންތަކުން ހޮވޭ އެންމެ މޮޅު ކުޅުންތެރިޔާ އާއި ކޯޗަށް ސްޕެއިނުގެ ވެލެންސިއާގައި އޭޕްރިލް މަހު 10 ދުވަހު ތަމްރީން ކުރުމުގެ ފުރުސަތެއް ލިބިގެންދާނެ ކަމަށްވެސް ޓީއެންޖީއެސް އެކެޑަމީގެ ޓްރެއިނަރުން ބުނެއެވެ.

ވެލެންސިއާ އެކެޑެމީއަކީ ކުޅުންތެރިން ޑިވެލޮޕްކުރުމަށް ވަަރަށްބޮޑަށް މަސައްކަތް ކުރާ ފަރާތެއް ކަމަށާއި މިހާރުުވެސް ވެލެންސިއާ އެކެޑެމީގައި މާލެގައި ކުޅުންތެރިއެއް މަސައްކަތްކުރަމުންދާ ކަމަށް ނިޒާމްބެ ވިދާޅުވިއެވެ.

ޓީއެންޖީއެސް އަކީ ސްޕެނިޝް ލީގުގެ ކްލަބްތައް ކަމަށްވާ ވެލެންސިއާ އާއި ލެވަންޓޭ ފަދަ ކްލަބްތަކާ އެކު މަސައްކަތްކުރަމުން އަންނަ އެކަޑަމީ އެކެވެ. އަދި ވެލެންސިއާގެ ޔުނިވާސިޓީ އޮފް ޕޮލިޓެކްނިކުގައި އެ އެކަޑަމީގެ ފުޓްބޯލް ރިސާޗް ސެންޓަރެއްވެސް ހުރެއެވެ.