ޚަބަރު

ފުލުހުންގެ ތަޙްޤީޤަކަށް 17 އަހަރުގެ ދެކުއްޖަކު ހޯދަނީ


ފުލުހުން ތަޙްޤީޤްކުރާ މައްސަލައަކާ ގުޅިގެން 18 އަހަރުން ދަށުގެ 2 ކުއްޖަކު ހޯދަންފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސް އިން މައުލޫމާތު ދޭގޮތުގައި ހޯދަމުންދާ ދެކުދިންނަކީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދާ ދެކުދިންނެވެ. ނަމަވެސް މި ކުދިން ހޯދަމުންދަނީ ކޮން ބާވަތެއްގެ މައްސަލައެއްގައިކަން ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

މިމައްސަލައާއި ގުޅިގެން ހޯދަމުން ދަނީ ޏ. ފުވައްމުލަކު، ދިގުވާޑް، ބަނަފްސާގޭ އުމުރުން 17 އަހަރުގެ ފާޠިމަތު ހަނާޒްއާއި ދަފްތަރު ނަންބަރު 2542، 17 އަހަރުގެ ޝާދިޔާ އަންވަރެވެ.

މި ދެކުދިންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9790163 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.