ޚަބަރު

މާލެއާއި ހުޅުލެއާ ދެމެދު އޮންނަ ހައިވޭ މަތިން ކާރެއް ފުރޮޅާލައިފި


މާލެއާއި ހުޅުލެއާ ދެމެދު އޮންނަ ހައިވޭ މަތިން ކާރެއް ފުރޮޅާލައިފިއެވެ.

މި ހާދިސާގައި ކާރުގައި އިނީ އެއްމެ މީހެއްކަމަށާ އެމީހާއަށް އެއްވެސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ބުނެއެވެ. އަދި މި ކާރު ފުރޮޅާލާފައިވަނީ ހައިވޭ މަތިން ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުވެ ގޮސް ފެންސުގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހާދިސާ ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 7:50 ހައިރު ކަމަށް ފުލުހުން ބުނެއެވެ.

ހައިވޭގައި ދުއްވޭ އެންމެ ބާރު މިނަކަށް ގަޑިއަކު 25 ކިލޯމީޓަރާއި 50 ކިލޯމީޓަރު ކަނޑައަޅާފައިވާއިރު، ބައެއް މީހުން މި ސްޕީޑަށްވުރެ ބާރަށް ދުއްވަމުންދާކަން ފާހަގަކޮށްލެވެއެވެ.