ޚަބަރު

"ހެލްތް ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު" އެކުލަވާލައިފި


"ހެލްތް ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު" އެކުލަވާލާ ބޯޑުގެ މެމްބަރުންނަށް މެމްބަރުކަމުގެ ލިޔުން ޙަވާލުކޮށްފިއެވެ.
ހެލްތް އެޑްވައިޒަރީ ބޯޑުގެ މެމްބަރުންނަށް ލިޔުން ޙަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ސިއްޙަތަށް ރަނގަޅު ނޫންބާވަތްތަކާމެދު ހޭލުންތެރިކުރުމަށް ކުރެވޭ ހޭދަ އިތުރުކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކަށް ލަފާދިނުމަށް އެކުލަވާލާފައިވާ "ހެލްތް ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު"ގައި ހިމެނިވަޑައިގަންނަވަނީ ކަމާ ގުޅުންހުރި ދާއިރާތަކުގެ ފަންނީ ބޭފުޅުންނެވެ. އޭގެތެރޭގައި ހިމެނެނީ، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ޚަދީޖާ ޢަބްދުއް ސަމަދާއި އެޗްޕީއޭގެ ފަރާތުން މައިމޫނާ އަބޫބަކުރާއި އެމްއެފްޑީއޭގެ ފަރާތުން ތޫމާ އާދަމާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ޙުސައިން ރަޝީދު މޫސާއާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުގެ ފަރާތުން ޑރ. ނިޔާޝާ އިބްރާހީމާއި މޯލްޑިވްސް މީޑިއާ ކައުންސިލލްގެ ފަރާތުން އަޒްމީ ޢަލީއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން އަޙްމަދު މަރުޒޫޤާއި މޯލްޑިވްސް ބްރޯޑްކާސްޓީންގ ކޮމިޝަނުގެ ފަރާތުން އަޙްމަދު ރާޝިދުއެވެ.

މީގެ އިތުރުން އަދި އިތުރުން މެމްބަރުންވެސް ވަރަށް އަވަހަށް ބޯޑާ ގުޅިވަޑައިގަންނަވާނެކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
ހެލްތް އެޑްވައިޒަރީ ބޯޑުގެ މެމްބަރުންނަށް މެމްބަރުކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ސިއްޙަތަށް ރަނގަޅު ނޫން ބާވަތްތަކާމެދު ހޭލުންތެރިކުރުމަށް ކުރެވޭ ހޭދަ އިތުރުމުގެ ވަޢުދުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.