މާފަންނު ހާޑްރޮކް ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ރޭ ދަންވަރު 00:28 ކަންހާއިރު ރޯވި އަލިފާން ގަނޑު ނިންވާލެވުނީ ގާތްގަޑަކަށް ބައިގަޑިއިރެއްހާއިރު ފަހުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލިމެއް ލިބިފައެއްނުވެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ކަރަންޓް ޝޯޓެއްގެ ސަބަބުންކަމަށެވެ. އަލިފާން ރޯވީ ގޭގެ އެއްވަނަ ފަންގިފިލާގައި ނަމަވެސް އެގޭގެ ހަތަރު ފަނގިފިލާއަށް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. އަދި މި ތިން ފަނގިފިލާއަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ތަންތަނުގައި ދިރިއުޅޭ 15 މީހަކު މީހަކުވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ގޭގެ އެއްވަނަ ފަންގިފިލާއަށްކަމަށާއި އެ ފަންގިފިލާގައި ހުރި ހިފާ ގެންގުޅޭ ބައެއް ސަމާނަށް ވަނީ ގެއްލުންވެފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.