ޚަބަރު

މިނިސްޓަރުންގެ ނައިބު ފެންވަރުގައި 2 ބޭފުޅަކު ޢައްޔަން ކުރައްވައިފި


އިސްލާމިކް މިނިސްޓްރީއާ ހެލްތު މިނިސްޓްރީގެ ނާއިބުންގެ މަޤާމަށް ދެ ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ޑެޕިއުޓީ މިނިސްޓަރގެ ފެންވަރުގައި އިސްލާމީ މަރުކަޒުގެ އިމާމަކަށް ހދ. ކުޅުދުއްފުށި، ސަބުނަމީގެ، އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ޢައްޔަން ކުރައްވާފައިވާ ކަމަށެވެ. އަދި މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް އައްޑޫ ސިޓީ ފޭދޫ، ޕިންކްހައުސް، އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު ޢައްޔަން ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންނެވެ.

މި ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.