ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނަޑައަޅާފައި ހުންނަވާ ސަފީރުކަމަށް ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ.
އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަނު ކުރައްވާފައިވަނީ ހ.ދޫރިހާ، ޢާއިޝަތު މުޙައްމަދުދީދީއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް 3 ބޭފުޅަކުވެސް އައްޔަންކުރައްވާފައެވެ.
އެ 3 ބޭފުޅުންނަކީ:
* މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް، ފުވައްމުލައް ސިޓީ ދިގުވާނޑު، ނޫރުވާދީ، ޢަލީ ނަޛީރު
* މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް، ގ.އަލިޝާ، އަޙްމަދު ޝަރީފް
* މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މ.އުނިމާ އަޙްމަދު ޢާދިލް