ޚަބަރު

3.8 މިލިއަން ރުފިޔާ ހޯދުމަށް ޕީޕީއެމާއި ދެކޮޅަށް މޯލްޑިވިއަނުން ކޯޓަށް


މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދިނުމަށް ޕީޕީއެމުން ކުރި ދަތުރުތަކަށް ނުދައްކާ އޮތް 3.8 މިލިއަން ރުފިޔާ ހޯދުމަށް މޯލްޑިވިއަނުން ޕީޕީއެމާއި ދެކޮޅަށް ދައުވާކޮށްފިއެވެ. މޯލްޑިވިއަނުން މި މައްސަލަ ސިވިލްކޯޓަށް ހުށައަޅާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޕީޕީއެމުން ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ދަތުރުތަކަށް މޯލްޑިވިއަނަށް 4.8 މިލިއަން ރުފިޔާ ދައްކަންޖެހެއެވެ. އެ ފައިސާ ނުދައްކައިގެން އެކަން ޝޯޝަލް މީޑިއާގައި އާއްމުވުމުން ޕީޕީއެމުން ވަނީ އެފައިސާގެ ތެރެއިން އެއް މިލިއަން ދައްކާފަ. އެނގިފައިވާ ގޮތުގައި މި ފައިސާ ޕީޕީއެމުން ދައްކާފައިވަނީ ދިވެހި ރުފިޔާގެ އިތުރުން ސިންގަޕޫރް ޑޮލަރާ ޔޫއެސް ޑޮލަރުންނެވެ.

ޕީޕީއެމުން މޯލްޑިވިއަނަށް ނުދައްކާ އޮތް ފައިސާއަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން އެންމެ ފަހު ދުވަސްކޮޅު މާލޭގައި އެޕާޓީން ބޭއްވި ބޮޑު ޖަލްސާއަށް މީހުން ގެނައުމަށް ކުރި ދަތުރުތަކަށެވެ.