ކުޅިވަރު

ޕެލޭ ގަބޫލުނުކުރިޔަސް މެސީވަރުގެ ކުޅުންތެރިއެއް ނެތް - އިނިއެސްތާ


ލަޔަނަލް މެސީ އަކީ ފުޓުބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް އަންދްރޭސް އިނިއެސްތާ ބުނެފިއެވެ.

އިނިއެސްތާ މިހެން ބުނީ ކުރީގެ ލެޖެންޑް ޕެލޭގެ ފަރާތުން މެސީއަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ. ޕެލޭ ބުނެފައިވަނީ މެސީގެ ހުރީ ހަމައެކަނި ވާތުފައިން ކުޅުމުގެ ހުނަރު ކަމަށާއި މެސީއަށްވުރެ މަރަޑޯނާ މާ މޮޅުކަމަށެވެ.

މެސީގެ ދިފާއުގައި އިނިއެސްތާ ބުނީ، މެސީއަކީ ފުޓުބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަމަށާއި، ހެއްކަކަށް މެސީގެ ރެކޯޑްތައް ފުދޭކަމަށެވެ. މެސީގެ ހުންނަ ފަދަ ހުނަރެއް އަދި އޭނާއަށް ދުވަހަކުވެސް ނުފެންނަ ކަމަށާއި، އަހަރަކަށްވުރެ އަހަރަކު މެސީ ހީވެސް ނުކުރާވަރަށް އެ ހުނަރު ސާބިތުކޮށްދެމުން އަންނަ ކަމަށެވެ.

އަދި ބެލޮންޑޯގެ ފަސްވަނަ ދިނުމަކީ މެސީއަށް ދިން ދެރައެއް ނޫން ނޫންކަމަށާއި އޭނާއަށް އަބަދުވެސް އެންމެ މޮޅު ކުޅުންތެރިޔަކީ މެސީކަމަށްވެސް އިނިއެސްޓާ ބުންޏެވެ. އިނިއެސްޓާ ބުނީ ލޫކާ މޯޑްރިޗަށް އެއްވަނަ ހައްގެއް ނޫނޭވެސް ބުނެވެން ނެތް ކަމަށާއި މިއީ މޮޑްރިޗްގެ މޮޅު އަހަރެއް ކަމަށެވެ.

ޖޭ ލީގަށް ބަދަލުވުމުގެ ކުރިން އިނިއެސްޓާ ވަނީ މެސީއާއިއެކު ސާދަ އަހަރު ބާސެލޯނާއަށް ކުޅެފައެވެ.