ޚަބަރު

މަސްވެެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވުމަށް ރައީސް ގެމަނަފުއްޓަށް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ގެމަނަފުއްޓަށް ފުރާވަޑައިގެންފިއެވެ.

މިއަހަރު ފާހަގަކުރަމުންދާ 38 ވަނަ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވަނީ ގއ. ގެމަނަފުށީގައެވެ. އެގޮތުން މިމަހުގެ ދިހަވަނަ ދުވަހުން ފެށިގެން މަސްވެރިންގެ ދުވަހާ ގުޅުވައިގެން ގިނަ ޙަރަކާތްތަކެއް އެރަށުގައި ދަނީ ކުރިއަށްގެންދަމުންނެވެ.

މިރޭ ބާއްވާ، މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައިސުލްޖުމްހޫރިއްޔާގެ އިތުރުން ފިޝަރީޒް މިނިސްޓަރާއި ބައެއް ވަޒީރުންވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ.