ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ހަމްދޫން ރަޝީދު ވަކިކުރައްވައިފިއެވެ.
ފުލުހުންގެ ވަޒީފާގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ހަމްދޫން އެ މަޤާމުން ވަކިކުރައްވާފައިވަނީ ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރުމުގެ ފުރުޞަތާއެކުއެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ހަމްދޫން އައްޔަންކުރައްވާފައިވަނީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ނާކާމިޔާބުވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، އޭރު އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ނަވާޒު، އެ މަޤާމުން ވަކިކުރެއްވުމަށްފަހުގައެވެ. ރައީސް ޔާމީން، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ހަމްދޫން އައްޔަންކުރެއްވީ ވެރިކަން ބަދަލުވުމުގެ މަރުޙަލާގައެވެ.