ޚަބަރު

ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ނުޢުމާން ޢައްޔަނު ކުރައްވައިފި


ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް އައްޑުއަތޮޅު ހިތަދޫ ޖަނަވަރީމާގޭ އަޙްމަދު ނުޢުމާން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވައިފިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް އަޙްމަދު ނުޢުމާން އައްޔަންކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އަޙްމަދު ނުޢުމާނަށް އެމަޤާމަށް އައްޔަނު ކުރައްވާފައިވަނީ މިނިސްޓަރ ފެންވަރުގައިކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް އަޙްމަދު ނުޢުމާން ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ‏‏ޢަރީފްގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، އަޙްމަދު ނުޢުމާން ‏ކުރެއްވިއެވެ.

އަހުމަދު ނުޢުމާންއަކީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިސްބޭފުޅެކެވެ.