ވިޔަފާރި

މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދޭނަން- މިނިސްޓަރު ޒަހާ


މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

38 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގއ. ގެމަނަފުއްޓަށް ވަޑައިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، މިދަތުރުގައި މަސްވެރިންނާއި، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކޮށް އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހާ، އެކަންތައް ހައްލުކޮށްދެއްވަން މަސައްކަތް ކުރައްވާނެކަމަށެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ، މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރޭ ގެމަނަފުށީގައި ބާއްވާއިރު މި ދުވަހަށް ގެމަނަފުށި ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށެވެ. މާދަމާ އޮންނަ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން ގެމަނަފުށީގައި ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. މީގެ ތެރޭގައި ފުޑް ފެއަރއާއި، ކުޑަކުދިންގެ ހަވީރާއި، ތުތި ބޯވަ ދިލަމަހަށް ތަމްރީން ކުރުމުގެ ޕްރޮގްރާމާއި، އަދި ޚާއްޞަ ސްޓޭޖް ޝޯވ ހިމެނެއެވެ.