ޚަބަރު

ބަނަފިނީގެ އަސަރު ރާއްޖޭގެ ހުރިހާ ރަށަކަށް


ރާއްޖޭގެ ހުރިހާ އަތޮޅަކަށްވެސް ބަނަފިނީގެ އަސަރު ކޮށްފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ މިދުވަސްވަރު ރާއްޖޭ ހިމެނޭ ސަރަޙައްދުގެ އުޑުމަތި ބަނަވެފައިވަނީ އިރުވައި މޫސުމުގެ ސަބަބުން ޖައްވުގައި ވައި ނުސާފުވެފައިވާތީ ކަމަށެވެ. އަދި މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ބަނަފިނީގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާ، އޭގެ ސަބަބުން ތަންތަން ލޮލަށް ފެންނަ ދުރުމިން ގާތްގަނޑަކަށް 5 ކިލޯމީޓަރަށްވުރެ ދަށްވާނެ ކަމާށެވެ.

މީގެ އިތުރުން، ދެކުނުގެ އަތޮޅުތަކަށް މިއަދު ކޮންމެވެސް ވަރަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށްވާރޭވެހޭނޭކަމަށް ލަފާކުރެވޭކަމަށާ، އެހެން ހިސާބުތަކަށް އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ވައިޖެހޭނީ މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 05 މޭލައި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި، އެހެންހިސާބުތަކަށް ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމަބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.