ވިޔަފާރި

ޕެޓްރޯލާއި ޑީސަލް ޝެޑްތައް 24 ގަޑިއިރު ހުޅުވާފައި ބެެހެއްޓޭނެ


ޕެޓްރޯލާއި ޑިސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓޭގޮތަށް އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ޤަވާއިދު އިސްލާހުކޮށްފިއެވެ.

އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ޤަވާއިދު އިސްލާހުކޮށް، ގެޒެޓްކޮށްފައިވާއިރު އެޤަވާއިދުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައިވާ ބެހެއްޓޭނެއެވެ. މިޤަވާއިދުގެ ދަށުން ޕެޓްރޯލާއި ޑީސަލް ވިއްކޭނީ، އެކަމާ ގުޅޭ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް ޤަވާއިދުގައި ބުނެއެވެ.

ޤަވާއިދު ކުރިން އޮތްގޮތުން ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު ފަހަކުން ރޭގަނޑު ބާރަ ޖެހުމާ ހަމައަށެވެ.

24 ގަޑިއިރު ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފައިވާއިރު، އެހެނިހެން ވިޔަފާރިކުރާ ތަންތަނަށްވެސް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދިނުމާ ބެހޭ އުސޫލު އެކުލަވާލައި، އާއްމުންގެ ޚިޔާލަށް ވަނީ ހުށަހަޅާފައެވެ.