ރައްޔިތުން މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ދިގު ދަންމާލަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މީ މަޖިލީހުގެ މިދައުރު ދިގު ދަންމާލަން މަޖިލިހުން ފާސްކުރި ދެވަނަ ފަހަރުއެވެ. މަޖިލިޙުގެ މިދައުރު މިދިޔަ މަހުގެ29 ވަނަދުވަހަށް ހަމަވެފައިވަނިކޮށް އެދުވަހު މަޖިލީހުންވަނި މި ދައުރު މިމަހުގެ 5 ވަނަ ދުވަހާއި ހަމައަށް ދިގު ދަންމާލަން ނިންމާފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވީ މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ހުރުމުން އެ މަސައްކަތްތައް މާދަމާގެ ނިޔަލަށް ނިންމާލެވޭނެކަމަށް ނުބެލޭކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތިން މިމަހުގެ 15 ވަނަދުވަހުގެ ނިޔަލަށް މިދައުރު ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ.
މި ހުށައެޅުން މަޖިލީހުން ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވެޑައިގެންނެވި 26 މެމްބަރުންގެ އިއްތިފާޤުންނެވެ. މަޖިލީހުގެ މިދައުރު އިތުރުކުރި އިރު ގިނަ ބިލްތަކެއް ސާރުކާރުން ބަނީ މަޖިލިހަށް ހުށައަޅާފައެވެ. އޭގެތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އުެއްދެވި ދެ ކޮމިޝަނަށް ޤާނޫނީ ބާރުތަކެއް ދިނުމަށް ހުށައަޅާފައިވާ ބިލްވެސް ހިމެނެއެވެ.
މަޖލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށައިގެން ކުރިއަށްދާ ފަށާފައިމިވަނީ ޖަލްސާތައް ނުބާއްވާތާ ދެމަހެއްހާ ދުވަސްފަހުންނެވެ.