ޚަބަރު

ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުންނަށް ޕްރައިމެރީއަކާ ނުލާ ޓިކެޓް ދީފި


ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނަށް ޕްރައިމެރީއަކާ ނުލާ ޓިކެޓްދީފިއެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޕާޓީގައި މިވަގުތު ތިއްބެވި ބައެއް މެންބަރުންނަށް އަންނަ މަޖްލިސް އިންތިހާބަށް ޓިކެޓްދީފައިވާކަމަށެވެ. އަދި އެކަން ރަސްމީކޮށް ސިޓީއަކުން އަންގާފައިވާކަމަށެވެ.
މަޖިލީހުގައި ހިމެނޭ ގިނަ ޕީޕީއެމް މެންބަރުންނަށް ޓިކެޓްދީފައިވަނީ އެ މެންބަރުން ތިއްބެވި ދާއިރާތަކަށެވެ. ދާއިރާ ބަދަލުވެފައިވަނީ މިހާރު ވިލި މާފަންނު ދާއިރާގައި ހުރި މެމްބަރު އަހުމަުދ ނިހާން ހުސެއިން މަނިކާ ދާންދޫ ދާއިރާގައި ތަމުސީލުކުރަމުން ދިޔަ އަހުމަދު އައްސަދުއެވެ.

ނިހާންނަށް ޓިކެޓްދީފައިވަނީ ތިނަދޫ ދެކުނު ދާއިރާއަށެވެ. އައްސަދަށް ޓިކެޓްދީފައިވަނީ ގަލޮޅު ދެކުނު ދާއިރާއެވެ.

  • ޓިކެޓް ދިން މެމްބަރުންނާއި ތަމްސީލުކުރާ ދައިރާތައް
  • 1- މާފަންނު މެދު ދާއިރާއަށް އަސްމާ ރަޝީދު
  • 2- މާފަންނު ދެކުނު ދައިރާއަށް އަބްދުﷲ ރިފާއު
  • 3- ބާރަށު ދާއިރާއަށް އިބްރާހީމް ސުޖާޢު
  • 4- ކެލާ ދާއިރާއަށް އަލީ އާރިފް
  • 5- ވެލިދޫ ދާއިރާއަށް އަބްދުﷲ ޔާމީން
  • 6- ދުވާފަރު ދާއިރާއަށް މުހައްމަދު އަލީ
  • 7- އިނގުރާއިދޫ ދާއިރާއަށް އިބްރާހީމް ފަލާހު
  • 8- އޭދަފުށީ ދާއިރާއަށް އަހުމަދު ސަލީމް
  • 9- ނައިފަރު ދާއިރާއަށް އަހުމަދު ޝިޔާމް
  • 10- ގުރައިދޫ ދާއިރާއަށް އިބްރާހިމް ރިޒާ
  • 11- މަހިބަދޫ ދާއިރާއަށް އަހުމަދު ތާރިޤް
  • 12- ނިލަންދޫ ދާއިރާއަށް އަބްދުﷲ ހަލީލް
  • 13- ފޮނަދޫ ދާއިރާއަށް އަބްދުރަހީމް އަބްދުﷲ
  • 14- ގެމަނަފުށި ދާއިރާއަށް ޖަމީލު އުސްމާން
  • 15- މަޑަވެލި ދާއިރާއަށް މުއާޒު މުހައްމަދު ރަޝީދު
  • 16- ފުވައްމުލަކު ދެކުނު ދާއިރާއަށް އަބްދުﷲ މަސީހު މުހައްމަދު
  • 17- ހުޅުދޫ ދައިރާއަށް މުހައްމަދު ޝާހިދު
  • 18- ފޭދޫ ދާއިރާއަށް އިބްރާހިމް މުހައްމަދު ދީދީ
  • 19- މިލަންދޫ ދާއިރާއަށް މުފީދު އަބްދުލްޤާދިރު
  • 20- ފުނަދޫ ދާއިރާއަށް އަލީ ސަލީމް
  • 21- ހޯރަފުށި ދާއިރާއަށް މުޙައްމަދު އިސްމާޢީލް
  • 22- ގައްދޫ ދާއިރާއަށް އަޙްމަދު ރަޝީދު
  • 23- ތިނަދޫ ދެކުނު ދާއިރާއަށް އަޙްމަދު ނިހާން ޙުސައިން މަނިކު
  • 24- ގަލޮޅު ދެކުނު ދާއިރާއަށް އަޙްމަދު އަސްޢަދު

ޕްރައިމަރީއަކާ ނުލާ މި މެންބަރުންނަށް ޓިކެޓް ދެއްވުމަށްފަހު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ މިހާރު ތިއްބެވި މެންބަރުންނަށް އެމަނިކުފާނު ތާޢީދު އެބައޮތް ކަމަށެވެ. އަދި އެކަން ހާމަކުރައްވާ އެ މެންބަރުންނަށް ސިޓީފުޅެއްވެސް ފޮނުއްވާފައިވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ އިތުރު މެންބަރުންތަކަކަށްވެސް ޕްރައިމަރީއަކާއި ނުލައި ވަރަށް އަވަހަށް އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ޓިކެޓު ޙަވާލު ކުރެވިގެންދާނެ ކަމަށެވެ. އަދި އެ ބޭފުޅުންނާއި އެ ބޭފުޅުންނަށް ޓިކެޓު ދެއްވާނެ ދާއިރާތައް ވަރަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.