ޚަބަރު

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އުގެއިލްގެ ހުށަހެޅުންތަކެއް މިނިސްޓަރަށް


ސައިންސާއި ޓެކްނޮލޮޖީ މާސްޓަރ ޕްލޭންގައި ހިމެނިދާނެ ކަންކަން ޕްރޮފެސަރ އުޖެއިލް ސައިންސާއި ޓެކްނޮލޮޖީ މިނިސްޓަރ މަލީހް ޖަމާލަށް ހުށަހަޅައިފިއެވެ.

ކޮމްޕިއުޓަރ ސައިންސާއި، ހިސާބު ޢިލްމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރައްވައިގެން ހުންނެވި ޕްރޮފެސަރ ޙަސަން އުގެއިލް، އަލަށް އުފެއްދި ސައިންސާއި ޓެކްނޮލޮޖީ މިނިސްޓަރަށް މައިގަނޑު 5 ކަމެއް ހުށަހަޅުއްވާފައިވެއެވެ. އޭގެތެރޭގައި ސައިންސާއި ޓެކްނޮލިޖީއާ ރައްޓެހި ތައުލީމީ މަންހަޖެއް އެކުލަވާލުމާއި، ޢާންމުންގެ މެދުގައި އައު އީޖާދުތަކާއި، ޓެކްނޮލޮޖީއާމެދު ހޭލުންތެރިކަން އިތުރުކުރުމާއި، ޤައުމީ ސައިންސް ޕާރކެއް އުފެއްދުމާއި، ސައިންސާއި ޓެކްނޮލޮޖީގެ ނެޓްވޯކްތައް ޤާއިމުކޮށް، މިކަމުގައި މުޖުތަމައުގައި ބައިވެރިވުން އިތުރުކުރުމާއި، ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކާ ގުޅުން ބަދަހިކުރުން ހިމެނެއެވެ.

ޕްރޮފެސަރ އުގެއިލް ވިދާޅުވީ، މިކަންތައްތައް ޤައުމީ ސައިންސާއި ޓެކްނޮލޮޖީ މާސްޓަރޕްލޭންގައި ހިމެނުމަށް ފެންނަ ކަމަށާއި، މިކަންކަން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހް ޖަމާލަށް ހުށަހަޅުއްވާފައިވާކަމަށެވެ.

ރާއްޖެއަށް އުފަން ޕްރޮފެސަރ ޙަސަން އުގެއިލަކީ ހިސާބު ޢިލްމުވެރިއެކެވެ. އަދި ކޮމްޕިއުޓަރ ސައިންޓިސްޓެކެވެ.