ޚަބަރު

މަސީހާއި ޝިޔާމާއި ޢާދަމް ޝަރީފު އަދި އަޒްލީން ކޮމެޓީއަށް ހާޒިރުކުރަނީ


ރައްޔިތުން މަޖީލީހުގެ މެމްބަރުންތަކެއް ގަދަކަމުން ނެރުނު މައްސަލާގައި ސިފައިންނާއި ފުލުހުންގެ އިސްވެރިން ރައްޔިތުން މަޖިލީހުގެ އިމްތިޔާޒު ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

މިދިޔަ ޖުލައި މަހުގެ 24 ވަނަދުވަހު ރައްޔިތުން މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާއަށް ވަންނަން އުޅުމުން އެކަމަށް ހުރަސްއަޅާ ގަދަކަމުން ނެރުނު މައްސަ ބެލުމަށް އިމްތިޔާޒު ކޮމެޓީއަށް ހުށައެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.

ކޮމެޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދާއި ޑިފެންސް މިނިސްޓާރ އާދަމް ޝަރީފު އުމަރާއި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާރަ ޖެނެރަލް އަހުމަދު ޝިޔާމްއެވެ. މީގެއިތުރުން މަޖިލީހުގެ ކުރީގެ އަމީން އާއްމު އަހުމަދު މުހައްމަދުވެސް ކޮމެޓީއަށް ހާޒިކުރުން ވަނީ ނިންމާފައެވެ. ފުލުހުންނާއި ސިފައިންގެ އިސްވެރިންގެ އިތުރުން މަޖިލީހުގެ އިސްވެރިން ކޮމެޓީއަށް ހާޒިރުކުރަން ނިންމާފއިވަނީ އިމްތިޔާޒު ކޮމެޓީގެ އިއްތިފާޤުންނެވެ.

ރައްޔިތުން މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހަށް ވަންނަ އުޅުމުން އެކަން ހުއްޓުވާ ސިފައިން ބޭނުންކޮށްގެން އެ މެމބަރުން ގަދަކަމުން ނެރެފއިވަނީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ރައީސް ޔާމީނަށް ގެއްލުނު ހިސާބުންނެވެ. އަދި މަޖިލީހުގެ ރައީސަކަށް ހުންނެވި އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ޕީޕީއެމްގެ މްބަރުންގެ ސޮޔާއި އެކު ހުށައެޅުމުން އެ މައްސަލަ އެޖެންޑާ ނުކޮށް އޭރު މަޖިލީހުން ބޭރުކޮށްލިއެވެ. އެކަމާއި ހިތަހަމަނުޖެހި އެދުވަހުގެ ޖަލްސާ ބޭއްވުމަށްކަމަށް ބުނެ މެމްބަރުންތައް މަޖިލީހަށް ވަނުމުން ގަދަކަމުން ނެރެފައިވަނީ ޖުލައި މަހުގެ 24 ވަނަދުވަހުއެވެ.

މެންބަރު އިމްތިޔާޒް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ އެ ދުވަހު ފުލުހުންނާއި ސިފައިން ހިންގި ޢަމަލަކީ މުޅި މަޖިލީހުގެ ހައްޤަށް ނުވަތަ އިމްތިޔާޒަށް އުނިކަން އައި ޢަމަލެއް ކަމަށެވެ. އަދި މުޅި މަޖިލީހުގެ ހައްޤާއި އިމްތިޔާޒަކީ އެންމެ އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިމްތިޔާޒު ވިދާޅުވީ އެ ދުވަހު ފުލުހުންނާއި ސިފައިން ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގަޔަށް އަތްލައި، ފިރިހެން އެސް.އޯ ފުލުހުން އަންހެން މެންބަރުންގެ ގަޔަށް އަތްލައި ލޮލަށް ޕެޕަރ ސްޕްރޭވެސް ޖަހާފައިވާ ކަމަށެވެ. އެ ދުވަހު ޕެޕަރ ސްޕްރޭ ޖެހިއިރު އަންހެން މެންބަރުންގެ ލޮލަށްވެސް ޕެޕަރ ސްޕްރޭ ޖަހާފައިވާ ކަމަށް އޭނާ މަޖިލީހަށް ހުށަހެޅުއްވި އެ މައްސަލާގައި ވަނީ ވިދާޅުވެފައެވެ.