ޚަބަރު

ސްރީލަންކަން އެއާލައިންސްއިން ގަމަށް ކުރާ ދަތުރުތަކަށް 15 އިންސައްތަ ޑިސްކައުންޓް


ސްރީލަންކަން އެއާރލައިންސް އިން އައްޑޫ ސިޓީ ގަމަށް ކުރާ ދަތުރުތަކަށް 15 އިންސައްތައިގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

މި ޕްރޮމޯޝަނަކީ ސްރީލަންކަން އެއާރލައިންސްއިން އައްޑޫ ސިޓީ ގަމަށް ދަތުރު ކުރާތާ 2 އަހަރު ފުރުމާ ގުޅިގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

މިގޮތުން އަންނަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 16 މާރޗުގެ ނިޔަލަށް މިޕްރޮމޯޝަން ކުރިއަށްދާނޭކަމަށް ސްރީލަންކަން އެއަރލައިންސްއިން ބުނެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެމުން ސްރީލަންކަން އެއާލައިންސްއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ޑިސެމްބަރުން އެއްވަނަ ދުވަހުން ފެށިން ޑިސެމްބަރު 5 ވަނަ ދުވަހާ ހަމައަށް ޓިކެޓް ނެގޭނެކަމަށެވެ. އަދި ސްރީލަންކަން އެއަރލައިންސްއިން މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ލިބޭނެކަމަށްވެސް އެ އެއަރލައިންއިން ބުނެއެވެ.