ޚަބަރު

ޑރ.މުސްތަފާ ލުތުފީ، ސްޕެޝަލް އެޑްވައިޒަރަަކަށް


ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ.މުސްތަފާ ލުތުފީ، ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފިއެވެ.

މިއީ މިނިސްޓަރު ފެންވަރުގެ މަގާމެއް ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން މިނިސްޓަ އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރުގެ މަގާމަށްވެސް މިއަދު ރައީސް ޞާލިޙްވަނީ ބޭފުޅަކު ޢައްޔަންކުރައްވާފައެވެ. މިމަޤާމަށް ޢައްޔަން ކުރެއްވީ ޝިފާޒް ޢަލީއެވެ.