ވިޔަފާރި

ހަސަން މެރިންއިން މާރކިއުރީގެ އައު ތިން ވައްތަރެއްގެ އިންޖީނު ތައާރަފްކޮށްފި


ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޯންޗު އިންޖީނުގެ ވިޔަފާރިކުރާ ހަސަން މެރިން ސޮލިއުޝަނުން މާރކިއުރީގެ ބްރޭންޑުގެ އާ ތިން ވައްތަރެއްގެ އިންޖީނު ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

ރަސްފަންނުގައި ހުންނަ ގްރޯރިއާ ޖީންސް ކެފޭގައި އޮތް ޚާއްޞަ ރަސްމިއްޔާތެއްގެ ތެރެއިން ތަޢާރަފްކުރި 3 އިންޖީނަކީ "ވީ8ގެ 300 ހޯސްޕަވަރު"ގެ އިންޖީނާއި "ވީ8ގެ 250ހޯސްޕަވަރު"ގެ އައުޓްބޯޑް އިންޖީނާއި "މާރކިއުރީ ސީޕްރޯ ވީ6ގެ 200 ހޯސްޕަވަރގެ އިންޖީނެވެ.

ހަސަން މެރިން އިންޖިނިއަރިން ސޮލިއުޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ހަލީމު ވިދާޅުވީ، މި އިންޖީނުތަކަކީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ ޚާއްްޞަ އިންޖީނުތަކެކެވެ. އެގޮތުން ޕަސިންޖަރުންނާއި މުދާ އުފުލާ ލޯންޗުތަކަށް މި އިންޖީނު ޚާއްޞަ ވާނެކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން މެރިން ސޮލިއުޝަންއިން އަލަށް ތައާރަފްކުރި 8 ސިލިންޑަރުގެ އިންޖީނަކީ މިހާތަނަށް އެކުންފުނިން ތައާރަފްކުރި އެންމެ ބޮޑު އިންޖީނެވެ. މީގެކުރިން އެންމެ ބޮޑު އިންޖީނަކަށް ބޭނުންކުރަމުން އައީ 6 ސިލިންޑަރުގެ އިންޖީނުތަކެވެ.

އެމެރިކާގެ އުފެއްދުމެއްކަމަށްވާ މާކިއުރީ އައުޓްބޯޑްގެ އިންޖީނުގެ އެކި ވައްތަރުގެ އިންޖީނުތައް ހަސަންމެރިން އިންޖިނިއަރިންއިން ގެންދަނީ ރާއްޖެއަށް އެތެރެކޮށް ވިއްކަމުންނެވެ. އަދި ކަސްޓަމަރުންނަށް ލުއިފަސޭހަ ވާނެ ގޮތަށް މި ބްރޭންޑްގެ އިންޖީނުތައް އެކުންފުނިން އަންނަނީ އިންސްޓޯލްމަންޓަށްވެސް ދޫކުރަމުންނެވެ. މީގެ އިތުރުން އިންޖީނުތަކަށް ބޭނުންވާ ސާވިސްއާއި ސްޕެއަރޕާޓްސްވެސް އެކުންފުނިން ދަނީ ފޯރުކޮށްދެމުންނެވެ.