ޚަބަރު

ކުޅިވަރު ކުރިއެރުވުމަށް ކުޅިވަރުގެ އާއިލާ ތައްޔާރަށް އޮތް މިންވަރު ފެނިއްޖެ- މިނިސްޓަރ މަހްލޫފް


ކުޅިވަރު ކުރިއެރުވުމަށް މުޅި ކުޅިވަރުގެ އާއިލާ ތައްޔާރަށް އޮތް މިންވަރު ނިމިގެންދިޔަ ކުޅިވަރު ޢީދުގެ ތެރެއިން ފެނިއްޖެކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

"ދުޅަހެޔޮ ހަށިހެޔޮ ޢީދު ކުޅިވަރު ފެސްޓިވަލް"ގެ ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ސޯޝަލް އެމްޕަވަރމެންޓް އަޙުމަދު މަހުލޫފް ވިދާޅުވީ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަކުންވެސް ސަރުކާރާއި ގުޅިގެން ކުޅިވަރު ކުރިއަރުވަން މަސައްކަތްކުރަން ތައްޔާރަށް އޮތްތަން ފެނިއްޖެކަމަށެވެ.

ސަރުކާރުން ކުޅިވަރަށް އަހަމިއްޔަތުކަން ދޭނެ މިންވަރު މި ކުޅިވަރު ޢީދާއިއެކު ފެނިއްޖެކަމަށާއި ކުޅިވަރު ކުރިއެރުވުމަށް ފުރިހަމަ އެއްބާރުލުން ޔޫތު މިނިސްޓްރީއަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވިކަމަށްވެސް މިނިސްޓަރ މަހުލޫފް ފާހަގަކުރެއްވިއެވެ.

މަހުލޫފް ވިދާޅުވީ މިފަހަރުގެ ކުޅިވަރު ޢީދާއިއެކު ކުޅިވަރުގެ އާއިލާ އެއްތަންކޮށް އެއްބައިވަންތަ ކުރެވިއްޖެކަމަށާއި، ކުރިއަށް އޮތް 5 އަހަރު ކުޅިވަރަށް ލިބިގެންދާ ކުރިއެރުން ފެންނާނެކަމުގެ ޔަގީންކަން މިނިސްޓަރ މަހުލޫފް ކުޅިވަރުގެ އާއިލައަށްދެއްވިއެވެ.