ޚަބަރު

ބީއެމްއެލް ވިލިނގިލީ ބްރާންޗް ފަޅާލި މައްސަލައިގައި 6 މީހަކު ހައްޔަރުކޮށްފި


ބީއެމްއެލްގެ ވިލިނގިލީ ބްރާންޗު ފަޅާލައި، ފައިސާތަކެއް ވަގަށް ނެގި މައްސަލައިގައި 6 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 6 މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާއިރު، އެމީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާވެސް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ހައްޔަރު ކުރީ ކޮން ބައެއްކަމާއި އެމީހުންގެ އަތުން ފެނުނު ފައިސާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ގއ. ވިލިނގިލީގައި ހުންނަ، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ބްރާންޗު ފަޅާލައި، ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ގެންގޮސްފައިވަނީ ހޯމަދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

މިއީ ރާއްޖޭގައި ބޭންކެއް ފަޅާލައި ފައިސާތަކެއް ވަގަށް ނެގި ފުރަތަމަ ފަހަރެވެ.