ޚަބަރު

ވިލާ ކޮލެޖްގެ ރިސަރޗް ކޮންފަރެންސް ނިންމާލައިފި


ވިލާ ކޮލެޖްގެ 3 ވަނަ އިންޓަރނޭޝަނަލް ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ނިންމާލައިފިއެވެ.

މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ކުރިޔަށް ގެންދިޔަ މި ކޮންފަރެންސްގެ މި އަހަރުގެ ޝިޔާރަކީ "އަވޭކިން ދަ އިންޓެލެކްޓް އިންސްޕަޔަރިން އިނޮވޭޝަން" އެވެ. މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަންދޫބުން ހިމެނޭގޮތުން 200 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. އަދި އެކި ދާއިރާތަކުން 60 ޕޭޕަރ ހުށަހަޅައި 6 ޕެނަލް ޑިސްކަޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެކި ދާއިރާތަކުގެ ތަޖުރިބާކާރުން އެއްތަންކޮށް، ބައިވެރިންގެ މެދުގައި ބިނާކުރުވަނިވި ގޮތެއްގައި ޚިޔާލު ފާޅުކުރުމުގެ މަގު ފަހިކޮށްދިނުމުގެ މަޤަޞަދުގައި ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި، އާ އީޖާދުތަކާއި، ކަންކަން ކުރެވިދާނެ އާ ގޮތްތަކާ ބެހޭގޮތުން ޚިޔާލުފާޅުކޮށް މަޝްވަރާކޮށްފައިވާކަމަށް ވިލާ ކޮލެޖުން މައުލޫމާތުދެއެވެ.

މި ކޮންފަރެންސްގައި ބައިވެރިވެ ފާހަގަކޮށްލެވޭ ލިޔުންތައް ހުށަހަޅާފައިވާ ފަރާތްތަކަށް ވިލާ ކޮލެޖްގެ ފަރާތުން ވަނީ ހަނދާނީ ލިޔުން ދީފައެވެ. އެގޮތުން ވިލާކޮލެޖްގެ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ލިޔުން ހުށައެޅި ފަރާތަކާއި، ވިލާކޮލެޖްގެ މުވައްޒަފުންގެ ތެރެއިން އެންމެ ރަނަގަޅު ލުމެއް ހުށައެޅި ފަރާތްތަކުގެ އިތުރުން، އާންމުންގެ ތެރެއިން ބައިވެރި ފަރާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ 3 ފަރާތަކަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.