ޚަބަރު

އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ޔާމީން ވަޑައިނުގަތުމަށް ނިންމަވައިފި


އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައި ނުގަތުމަށް ރައީސް ޔާމީން ނިންމައިފިއެވެ.

ރައީސް ޔާމީންގެ ތަރުޖަމާނު ތަރުޖަމާނު އިބްރާހީމް މުއާޒު ޢަލީ ވިދާޅުވީ، ރައްޔިތުންގެ ޙައްޤުތަކެއް ގެއްލި އިންސާފު ނުލިބިވާކަމަށް ރައީސް ޔާމީނަށް ޤަބޫލުކުރެވޭތީއާއި، އެމަނިކުފާނަށް ތާއީދުކުރާ އެތައް ބައެއްގެ އެދުމުގެ މަތިން އައު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިނުގަތުމަށް ރައީސް ޔާމީން ނިންމަވާފައިވާކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރެއްވުމަށްފަހު ރައީސް ޔާމީންވަނީ، ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވާކަން ފަހުން އިޢުލާންކުރައްވައި، އިންތިޚާބު ބާޠިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމަވާފައިވަނީ އިންތިޚާބު ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިންތިޚާބީ ނާއިބުރައީސް ފައިޞަލް ނަސީމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ޔާމީން ވަޑައި ނުގަންނަވާނެކަމަށް އިޢުލާން ކުރައްވާފައިވާއިރު، 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގަތުމަށްފަހު، ޖެހިގެން އައި ދުވަހު ރައީސް ޔާމީން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަޑައިގެންފައިވެއެވެ.