ޚަބަރު

މައްޗަންގޮޅި ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި


މއ ޒޫނާމަންޒިލްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސިފައިން ހަރަކާތްތެރިވަނީ / ފޮޓޯ : އެމްއެންޑީއެފް

މާލޭގެ ގެއެއްގައި އަލިފާން ރޯވެގެން ސިފައިން ޙަރަކާތްތެރިވާން ފަށައިފިއެވެ.

މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯރސް އެމްއެންޑީއެފުން ބުނީ އަލިފާނުގެ ޙާދިސާ ހިނގީ މއ ޒޫނާމަންޒިލްގައި ކަމަށެވެ. މިޙާދިސާ ހިނގީ މއ ޒޫނާ މަންޒިލްގެ ކޮަޓަރިއެއްގައި ކަމަށާއި، ޙާދިސާ ހިނގި ކޮޓަރި ބޭނުން ނުހިފޭ މިންވަރަށް އަދާ ހުލިވެފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްްއެންޑީއެފަށް މި ޙާދިސާ ރިޕޯޓްކޮށްފައި ވަނީ މިރޭ 22:14 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެންއެންޑީއެފުން ބުނީ މިހާރު އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ.

އަލިފާން ރޯވި ގޭގައި ދިރިއުޅޭ މީހުން ރައްކާތެރިކަމާއެކު އެ އިމާރާތުން ބޭރަށް ނެރުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސް ގެ އޮފިސަރުން ދަނީ ޙަރަކާތްތެރިވަމުންނެވެ.

އަލިފާނުގެ ޙާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.