ޚަބަރު

މަހްލޫފް އެމްޑީޕީއާ ގުޅިވަޑައިގެންފި


ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

އެމްޑީޕީއަށް ސޮއިކުރުމަށްފަހު މަހްލޫފް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ގާތުން މަސައްކަތްކުރުމަށް އުއްމީދުކުރައްވާކަމަށެވެ.

މަހްލޫފް އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު، އޭނާ އެންމެ ފުރަތަމަ މަސައްކަތްކުރީ ރައީސް މައުމޫން އަރިހުގައި ޑީއާރުޕީގައެވެ. އަދި ރައީސް މައުމޫން ޑީއާރުޕީން ވަކިވެ ޕީޕީއެމް އުފެއްދެވުމުން މަހްލޫފް ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.

މަހްލޫފް ޕީޕީއެމްއިން ވަކިވީ ރައީސް ޔާމީންގެ ސިޔާސަތުތަކަށް ފާޑުވިދާޅުވުމަށްފަހުއެވެ.