ޚަބަރު

"އެމްޕީ ޢަބްދުލް ލަޠީފް ޗެލެންޖު ކަޕް 2018" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ހއ ދިއްދޫ ދާއިރާގެ މެމްބަރ އަބްދުލް ލަޠީފު އިންތިޒާމުކުރައްވައިގެން ހއ ދިއްދޫގަ ބާއްވަމުން އަންނަ "އެއްލައްކަ ކަޕް" މިއަހަރުވެސް ބާއްވަން ނިންމާ، މުބާރާތުގަ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަން ހާމަކުރައްވާ މެމްބަރު ލަޠީފު ޢާއްމުކުރެއްވު ބަޔާނުގަވަނީ ވިދާޅުވެފައިވަނީ އަންނަ ޑިސެމްބަރުމަހުގެ 15-1 އަށް މުބާރާތް ބާއްވަން ނިންމަވާފައިވާކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓްރީ ކޮށްފައިވާ ހއ.ދިއްދޫގެ ކުލަބް ޖަމުއްޢިއްޔާ ތަކަށް އެކަނި ކަމަށްވެސް ބަޔާނުގަވެއެވެ.

މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ބައިވެރިވުމަށް އެދޭ ފޯމް މެމްބަރ ލަޠީފުގެ އޮފީހުން ލިބެން ހުންނާނެ ކަމަށް ބަޔާނުގަވެއެވެ.

އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަމަކަށް ޖާރޒީ ކިޓެެއް ހަދިޔާ ކުރުމަށް ނިންމަވާފައިވާއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމައި ޓްރޮފީ އިނާމެއްގެ ގޮތުގައި ދިނުމަށް މެމްބަރު ލަޠީފުވަނީ ނިންމަވާފައެވެ.

މިއީ މި މުބާރާތް ހއ ދިއްދޫގައި ބާއްވާ 5 ވަނަ އަހަރެވެ.