ޚަބަރު

ފެމެލީ ބޭކާސް ވިމެންސް ފުޓްސެލް ފިއެސްޓާ ފަށައިފި


ހދ ކުޅުއްދުއްފުށީގައި ބައްވަމުން އަންނަ ފެމެލީ ބޭކާސް ވިމެންސް ފުޓްސެލް ފިއެސްޓާ ފަށައިފިއެވެ.

ޝަހީދު ޙުސައިން އާދަމުގެ ހަދާނުގައި ކުޅުދުއްފުށީ ޑަބްލިއު ސްޕޯރޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ ވިމަންސް ފުޓްސަލް ފިއެސްޓަރ 2018 ގެ ކުޅުން ފެށީ ރޭގައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ މަގްލަސް ކުލަބާއި ކުލަބް ކޮރަލްސް އެވެ. މިމެޗް 2 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ މަގްލަސް ކުލަބެވެ. މިމެޗްގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ މަގްލަސް ޓީމްގެ ޖާރޒީ ނަންބަރ 4 ނާޒިމާ މުޙައްމަދެވެ.

ދެވަނަ މެޗުގައި ޓީމް އޭ އީ ސީ އާއި ކޭވައި އާރު ސީ ބައްދަލުކުރި އިރު، މި މެޗު 4 ލަނޑު 2 ލަނޑުން ކާމިޔާބު ކުރީ ޓީމް އޭ އީ ސީއެވެ. މި މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ޓީމް އޭ އީ ސީ ގެ ޖާރޒީ ނަންބަރ 8 ޚަދީޖާ ޢަލީއެވެ.

ވިމަންސް ފުޓްސަލް ފިއެސްޓާގަ މިއަހަރު 7 ޓީމަކުން ބައިވެރިވިއެވެ. މުބާރާތުގެ މެޗުތަށް ކުރިއަށްދަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ. ޗެންޕިއަން ޓީމަށް ދިހަހާސް ރުފިޔާ ހުށަހަޅާފައިވާ މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުކަމަށް ޑަބްލިއު ސްޕޯރޓްސް އެކަޑަމީން ބުނެއެވެ.

މިއީ މިމުބާރާތް ބާއްވާ ދެވަނަ އަހަރެވެ.