ޚަބަރު

އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲގެ ގޮނޑިވެސް ނުގެއްލޭ


ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެކަމަށް ކަނޑައަޅާފައިވާ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ވެސް މަޖިލީހުގެ މެންބަރުކަމުން ވަކި ނުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

މަޖިލީހުގެ 12 މެންބަރުން މެންބަރުކަމުން ވަކިވިކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިފަހުން އަހަރަކަށްވުރެ ގިނަދުވަސްވެފައިވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެމެންބަރު ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަތައް ނިންމަން ފަށާފައެވެ. އެގޮތުން މެންބަރު މުޙައްމަދު ޢަބްދުﷲއަކީ މި 12 މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުން ވަކި ނުވާކަމަށް ކަނޑައެޅި 11 ވަނަ މެންބަރެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީގެ ގޮނޑިއާމެދު ސުޕްރީމް ކޯޓުން މިއަދު ގޮތެއް ކަނޑައަޅާނެއެވެ.