ޚަބަރު

އީޕީއޭގެ ހުއްދަ ނެތި ރުއްގަސް ކެނޑުމާއި އުފުރުން އަދި އެއް ރަށުން އަނެއް ރަށަށް ގެންދިއުން މަނާ ކޮށްފި


ހުއްދަ ނެތި ރުއްގަސް ކެނޑުމާއި، ނެގުމާއި، އުފުރުން ނުވަތަ އެއްރަށުން އެއް ރަށުން އަނެއް ރަށަށް ގެންދިއުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މާނާކޮށްފިއެވެ.

އީޕީއޭ އިން ބުނީ ފަހަކަށް އައިސް މީހުން އާބާދުވެފައިވާ ރަށްރަށުން ގިނަ ޢަދަދެއްގެ ރުއްގަސް ނަގައި، ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް ގެންދާކަން ފާހަގަކުރެވިފައިވާތީ އީޕީއޭގެ ހުއްދަ ލިބިގެން ނޫނީ މީގެ ފަހުން މިކަން ނުކުރެވޭ ގޮތައް މިހާރު ނިންމާފައިވާކަމަށެވެ.

އަދި މިކަން މަނާކުރީ މިހާރު ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ހަދާފައިވާ "ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނަގާ އެއްރަށުން އަނެއްރަށް ގެންދިއުމާއި ބެހޭ ޤަވާއިދު"ގެ ދަށުންކަމަށް އީޕީއޭއިން ބުނެއެވެ. އަދި މީގެ ފަހުން މިކަން މިގޮތައް ކުރެވޭނީ ކުރެވޭނީ އީޕީއޭގެ ހުއްދަ ހުއްދަ ލިބިގެންކަމަށްވެސް އީޕީއޭއިން ބުނެއެވެ.

އަދި މިގޮތަށް ރުއްގަސް ކެނޑުމާއި، ނެގުމާއި، އުފުރުން ނުވަތަ އެއް ރަށުން އަނެއް ރަށަށް ގެންދެވޭނީ ކޮންމެހެން އެނޫން ގޮތެއް ނެތިގެން ހަމައެކަނި ޒަރޫރީ ބޭނުމަށްކަމަށާއި، މިފަދަ ޙާލަތްތަކުގައިވެސް ޢަމަލު ކުރަންވާނީ "ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމުގައި ގެންގުޅެންވީ އުސޫލާ" އެއްގޮތުގެ މަތިން ކަމަށް ވެސް އީޕީއޭ އިން ބުނެއެވެ.

މި ނިންމުމާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު "ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާ ބަދަލު ހޯދުމުގެ ގަވާޢިދު" ގެ ދަށުން ފިޔަވަޅު އަޅާނެކަމަށް އީޕީއޭއިން ބުނެއެވެ.