ޚަބަރު

ސައުދުﷲ ހިލްމީގެ ގޮނޑިވެސް ނުގެއްލޭ


ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކި ނުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސައުދުﷲ ޙިލްމީއަކީ 2017 ވަނަ އަހަރުގެ ޖުލައިމަހު ޕީޕީއެމުން ވަކިކުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މަޖިލިސް މެންބަރުކަމުން ވަކިވެފައިވާ ކަމަށް ކަނަޑައެޅި ބާރަ މެންބަރުންގެ ތެރެއިން ސުޕްރީމް ކޯޓުން މެންބަރުކަން ނުގެއްލޭކަމަށް ކަނޑައެޅި 8 ވަނަ މެންބަރެވެ.

12 މެންބަރުންގެފަރާތުން ސުޕްރީމް ކޯޓަށް ވަކިވަކިން ހުށައަޅާފައިވާ ދުސްތޫރީ މައްސަލަ ނިންމައި މިއަދު މެންދުރު ކުރީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިނުވާކަމަށް ކަނޑައަޅައި ޙުކުމް ކޮށްފައެވެ. އަދި މި އަދު މެންދުރު ފަހު ސުޕްރީމް ކޯޓުން ވަނީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުވެސް މެމްބަރުކަމުން ވަކި ނުވާކަމަށް ޙުކުމްކޮށްފައެވެ.